ބީޓީއެސްގެ މެންބަރުން ކޮރެއާގެ ސިފައިންގެ ޚިދުމަތާ ގުޅެނީ

ބީޓީއެސްގެ މެމްބަރުން --- ފޮޓޯ/ ބިގްހިޓް މިއުޒިކް

ދެކުނު ކޮރެއާގެ މަޝްހޫރު ބޭންޑް ގްރޫޕް ބީޓީއެސްގެ މެންބަރުން އެ ގައުމުގެ ސިފައިންގެ ޚިދުމަތަށް ނުކުންނަން ތައްޔާރުވަމުންދާކަމަށް ބީޓީއެސްގެ އެޖެންސީ ހައިބް ހިމެނޭ ބިގްހިޓް މިޔުޒިކް ކުންފުނިން ބުނެފިއެވެ.

އުމުރުން 30 އަހަރުގެ ހުރިހައި ފިރިހެނުން ސިފައިންގެ ޚިދުމަތާ ގުޅި، ދެ އަހަރަށް ޚިދުމަތްކުރަން ޖެހޭނެކަމަށް ދެކުނު ކޮރެއާގެ ގާނޫނުން ލާޒިމުކުރެއެވެ.

ބީޓީއެސްގެ އެންމެ ދޮށީ މެމްބަރު ޖިންގެ އުމުރަކީ 29 އަހަރެވެ. މި އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން އޭނާ ސިފައިންގެއަށް އެންލިސްޓު ނުވެއްޖެނަމަ، ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑެވެ.

މިހާރު ވަކިވަކިން ލަވަތައް ނެރެމުން އަންނަ ބީޓީއެސް މެންބަރުންގެ ބޭންޑްގެ ސަބަބުން ދެކުނު ކޮރެއާގެ އިގުތިސާދަށް ބިލިއަނުން ފާއިދާކުރެއެވެ.

އެ ގައުމަށް ރީތިނަން ހޯދައިދޭ އޮލިމްޕިކް މެޑަލިސްޓުންނާއި، ކްލެސިކަލް މިއުޒީޝަނުން ސިފައިންގޭގައި ޚިދުމަތްކުރުން ލާޒިމުނުވި ނަމަވެސް ބީޓީއެސްގެ މެންބަރުންފަދަ ޕޮޕް ލަވަކިޔުންތެރިންނަށް އެ ފުރުސަތެއް ނޯވެއެވެ.

ދާދި ފަހަކާ ޖެހެންދެން ސިފައިންގެއަށް ވަންނާން އޮތް އުމުރެއްގެ ގޮތުގައި އޮތީ 28 އަހަރެވެ. ނަމަވެސް 2020 ވަނަ އަހަރު އެ އުމުރު ވަނީ 30 އަށް އިތުރުކޮށްފައެވެ. މީގެ ސަބަބުން ބީޓީއެސްގެ މެންބަރުންނަށް ވަނީ ފާއިދާވެފައެވެ.

ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރު ވަނީ ބީޓީއެސްގެ ލަވަކިޔުންތެރިން ސިފައިންގެ ޚިދުމަތާ ގުޅުނު ނަމަވެސް ޚިދުމަތްކުރާ މުއްދަތުގައި ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް