މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ދެކުނަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވުން / ސަން ފޮޓޯ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ބުނެފައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާއި ކޮށްފައިވަނީ މިއަދުގެ ހެނދުނު 7:45 އިން މެންދުރު 13:00 އާ ހަމައަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.

comment ކޮމެންޓް