ކްލަބް މޯލްޑިވްސްގެ ވަރުގަދަ މެޗުތަކެއް މިރޭވެސް ކުރިއަށްދާނެއެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫފް އީ އާއި އެފްގެ މެޗްތަކެވެ. ގްރޫޕް އީގެ މެޗުތަކަށް ބަލާއިރު، ސްޓެލްކޯ ނިކުންނާނީ އެފްއެސްއެމާ ދެކޮޅަށެވެ. ރާއްޖެ އޮންލައިން ނިކުންނާނީ އެޗްއޭއާރުސީއާ ދެކޮޅަށެވެ.
ގްރޫޕް އެފްގައި ކަސްޓަމްސް އެމްޕީއެލްއާ ދެކޮޅަށް ނިކުންނައިރު، އާސަންދަ ނިކުންނާނީ އެމްވައިއެސް އާއި ދެކޮޅަށެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ސިވިލްކޯޓާއި އެއާޕޯޓް ބައްދަލުކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ނާއިލް
ކުލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، މެޗްތައް އެމްއޭސީއެލް، ފެނަކަ، އޭވިއޭޝަން ސެކިއުރިޓީ އަދި އެއާޕޯޓް ވަނީ އެޓީމުތަކުން ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ގްރޫޕް ސީ ގައި ރޭ ކްލަބް އޭވިއޭޝަން ސެކިއުރެޓީ ނިކުތީ ޓީމް ޑީޖޭއޭ އާއި ދެކޮޅަށެވެ. މިމެޗް ފަސޭހަކަމާއެކު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޭވިއޭޝަން ސެކިއުރެޓީގެ ޓީމެވެ. މެޗުގައި އެންމެ ފުރަތަމަ ދެ ލަނޑު ޖަހައި ލީޑު ނެގީ ޑީޖޭއޭގެ ޓީމުންނެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ޑީޖޭއޭ އާއި އޭވިއޭޝަން ސެކިއުރެޓީ ބައްދަލުކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ނާއިލް
މެޗުގައި އޭވިއޭޝަން ސެކިއުރެޓީގެ ޓީމަށް ގޯލް ހުޅުވާލަދިނީ އާދަމް މަންސޫރެވެ. މެޗުގައި ދެން އެޓީމުގެ ގޯލްތައް ކާމިޔާބުކޮށް ދިނީ މުހައްމަދު ޔަމާން، ތައުމީން ނޫހް، އަދި އަލީ ފާރިހެވެ. މެޗުގައި ތައުމީން ހެޓްރިކް ހެދިއިރު އާދަމް މަންސޫރު ވަނީ ދެ ލަނޑު ޖަހާފައެވެ.
މިމެޗުގައި ޑީޖޭއޭއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން އިހުސާން އާއި އަބޫބަކުރު މުހައްމަދެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި އެމްއޭސީއެލް އަދި ޓްރޭޑް ކްލަބް ބައްދަލުކުރި މެޗް 0-7 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އެމްއޭސީއެލް އެވެ. މެޗުގައި އެމްއޭސީއެލަށް ގޯލް ހުޅުވާލަދިނީ މެޗް ފަށައިގެން އަށް ވަނަ މިނެޓް ތެރޭގައި އަހުމަދު ސިނާހް އެވެ. މެޗުގައި ދެން އެމްއޭސީއެލަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ހަމީދު، އަލީ ޝާފިއު، އިބްރާހިމް ޝަނޫނު، ޢަބްދުﷲ ސުޒެއިރު ގެ އިތުރުން ހުސައިން ޒާހިރެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ އެމްއޭސީއެލް އާއި ޓްރޭޑް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ނާއިލް
ކުލަބް މޯލްޑިވްސް ކަޕުގައި ރޭ ގްރޫޕް ޑީގައި ބޭންކް އޮފް މޯލްޑިވްސް އާއި ޓީމު ފެނަކަ ބައްދަލުކުރިމެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފެނަކަ އެވެ. މި މެޗުގައި ފެނަކައަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އައްޒާމް އާއި އަޔާޒް އަހުމަދެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ޓީމު ސިވިލްކޯޓާއި ކުލަބް އެއާޕޯޓް ބައްދަލުކުރިމެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުލަބް އެއާޕޯޓެވެ.