29 ޓީމާއެކު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ މާދަމާ ފަށަނީ

2019 އަހަރު ބޭއްވުނު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫއެސްޔޫ މީޑިއާ

ރާއްޖޭގެ ކޮލެޖު ޔުނިވާސިޓީތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ" މާދަމާ ފަށަން ނިންމައިފިއެވެ.

މާފަންނު ސްޓޭޑިއަމްގައި މާދަމާ ރޭ ފަށަން ހަމަޖެހިފައިވާ އެ މުބާރާތުގައި ޖުމްލަ 29 ޓީމަކުން ބައިވެރިވެއެވެ. އެގޮތުން ނުވަ ކޮލެޖު, ޔުނިވާސިޓީއަކުން އެ މުބާރާތުގައި ބައިވެރިވެއެވެ.

ދެ ޑިވިޝަނަކަށް ބަހާލައިގެން ކުޅޭ އެ މުބާރާތުގައި ފިރިހެން ޑިވިޝަންގެ 18 ޓީމެއް ވަނީ ބައިވެރިވެފައެވެ. އަދި އަންހެން ޑިވިޝަންގައި 11 ޓީމެއް ވަނީ ބައިވެރިވެފައެވެ.

އެ މުބާރާތުގައި ގައުމީ ޔުނިވާސިޓީ ފިޔަވައި ކޮންމެ ކޮލެޖު ޔުނިވާސިޓީއަކުން ބައިވެރި ވެވެނީ ކޮންމެ ޑިވިޝަނަކުން އެ ކޮލެޖު ޔުނިވާސިޓީއެއް ތަމްސީލު ކުރާނެ އެއް ޓީމަށެވެ.

ނަމަވެސް ގައުމީ ޔުނިވާސިޓީން ޓީމުތައް ނެރެވޭނީ އެ ޔުނިވާސިޓީގެ ކޮންމެ ފެކަލްޓީއަކުން އަންހެން ފިރިހެން އެއް ޓީމެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ގްރޫޕްތައް

ފިރިހެން ޑިވިޝަން

ގްރޫޕް އޭ

  • ފެކަލްޓީ އޮފް ހެލްތު ސައިންސަސް
  • ފެކަލްޓީ އޮފް އިންޖިނިއަރިން ސައިސް އެންޑް ޓެކްނޮލޮޖީ
  • މެޕްސް ކޮލެޖް
  • ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯ
  • ސައިރިކްސް ކޮލެޖް

ގްރޫޕް ބީ

  • ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް
  • ސްކޫލް އޮފް ނާސިން
  • ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް
  • އެވިޑް ކޮލެޖް
  • ސްކޫލް އޮފް މެޑިސިން

ގްރޫޕް ސީ

  • ފެކަލްޓީ އޮފް އާޓްސް
  • ކްލީކް ކޮލެޖް
  • ވިލާ ކޮލެޖް
  • ޕޮލިޓެކްނިކް

ގްރޫޕް ޑީ

  • އެމްއައި ކޮލެޖް
  • ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ
  • މޯލްޑިވްސް ބިޒްނަސް ސްކޫލް
  • މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ބިޒްނަސް ސްކޫލް

ފިރިހެން ޑިވިޝަން

ގްރޫޕް އޭ

  • ވިލާ ކޮލެޖް
  • ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ
  • ކްލީކް ކޮލެޖް
  • ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯ

ގްރޫޕް ބީ

  • ސްކޫލް އޮފް ނާސިން
  • ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް
  • ފެކަލްޓީ އޮފް ހެލްތު ސައިންސަސް
  • ސައަރިކްސް ކޮލެޖް

ގްރޫޕް ސީ

  • އެމްއައި ކޮލެޖް
  • މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ބިޒްނަސް ސްކޫލް
  • ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް

2019 އަހަރު ބޭއްވި އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫއެސްޔޫ މީޑިއާ

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ އިންތިޒާމުކުރާ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ ނައިބު ރައީސް ސުއައިދު ޔޫނުސް "ސަން"އަށް ވިދާޅުވީ މިއަހަރު ބާއްވާ ފުޓްސަލް ފިއެސްޓާ އެހެން އަހަރުތަކުގެ މުބާރާތްތަކަށް ވުރެ މާ ފޯރި ގަދަ ވާނެކަމަށެވެ.

ޓީމުތަކުން ތައްޓަށް އަމާޒުކޮށް ކުރިޔާލާ ފަރިތަކުރުންތައް ފަށައިގެން ކުރިއަށް ގެންދާއިރު އެ ޖަމްއިއްޔާއިން މުބާރާތަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް ސުއައިދު ވިދާޅުވިއެވެ.

"މި މުބާރާތަކީ ޔޫނިއަންއިން ކޮންމެ އަހަރުކު ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ މުބާރާތެއް. ކޮވިޑަށް ފަހު މި މުބާރާތް އަދި މި ބޭއްވެނީ. ވަރަށް ފޯރިގަދަ މުބާރާތަށް މު މުބާރާތް ވާނެ،" ސުއައިދު ވިދާޅުވިއެވެ.

ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު މިއަހަރު ބާއްވާ އެ މުބާރާތުގެ އަށްވަނަ އެޑިޝަނެވެ. އެންމެ ފުރަތަމަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާއެއް ބާއްވައިފަައިވަނީ 2013 ވަނަ އަހަރުއެވެ. އަދި އެންމެ ފަހުން އެ މުބާރާތް ބާއްވައިފައިވަނީ 2019 ވަނަ އަހަރުއެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެވިޑް ކޮލެޖުންނެވެ.

comment ކޮމެންޓް