އަޒުހާންގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނުނު މައްސަލައާ ގުޅިގެން ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ހ. ބޮނޑިކަނދޮޅުގޭ، މުޙައްމަދު އަޒުހާން، 27،ގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

އަޒުހާންގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭ ވޯޓާ ތީމް ޕާކް ކުރިމަތީ އޮންނަ ހުސްބިމުންނެވެ. އެތަނަކީ ވަރަށް ބޮޑަށް ވިނަ އާއި ގަސް ހެދިފައި ހުންނަ ސަރަހައްދެކެވެ.

އެ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އަޒުހާންގެ އާއިލާއާ ވެސް ވާހަކަދައްކާފައިވާ ކަމަށެވެ.

އަޒުހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ.

ސައީދު ވިދާޅުވީ އެ ސަރަހައްދު ބަލައި ފާސްކުރީ ސީސީޓީވީ ފްޓޭޖުން ފެނުނު މަންޒަރުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އަޒުހާން އެންމެ ފަހުން ފެނިފައި ވަނީ ހުޅުމާލޭ ރެޑުބުލް ދަނޑު ސަރަހައްދުންނެވެ.

އަޒުހާން މަރުވި މައްސަލާގައި ތުހުމަތުކުރެވޭ މީހަކު މިހާނަތަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާގެ ފޯނު ވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް