މާލޭގެ ގެެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޯޓޮޕްސީ ހަދަނީ

ކްރައިމް ސީނެއް: މާލޭގެ ގެެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޯޓޮޕްސީ ހަދަނީ - ސަން ފޮޓޯ

މާލޭގެ ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގެ ތެރޭގައި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 13:10 ހާއިރުއެވެ. މި މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް، މަރުވެފައިވާ މީހާގެ ހަށިގަނޑު އޮތް ހާލަތާއި، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވާކަން ފާހަގަވުމާއި، އަދި ހާދިސާ ހިނގާފައިވާ ތަނުގެ މާހައުލަށް ބަލައި، މަރުގެ ސީދާ ސަބަބު ކަށަވަރު ކުރުމަށް ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ފުލުހުން ވަނީ ނިންމާފައެވެ. މިގޮތުން، މި މީހާގެ އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ފުލުހުން މިހާރު ދަނީ ހަމަޖައްސަމުންނެވެ. އަދި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ތަހުގީގަށް ލިބޭ ކުރިއެރުންތަކާއެކު އިތުރު މައުލޫމާތު އާންމުކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

  • މާލޭގެ ފާށަނާކިލެގެފާނު މަގުގެ ގެއެއްގައި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
  • މި މީހާގެ ހަށިގަނޑުން ބޭރުފުށުގެ އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ.
  • މަރުގެ ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ.
  • މި މައްސަލަ އިތުރަށް ތަހުގީގުކޮށް މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު މީހެއްގެ އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެ، ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގައި ފިރިހެނަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓް މިއަދު މެންދުރު ފަހު 13:10 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި ނިޔާވި މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން، އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް، ހަށިގަނޑު އޮތް ހާލަތަށާއި، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައި ވުމުގެ އިތުރުން، މި ހާދިސާ ހިނގާފައިވާ ތަނާ ގުޅޭ ގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ފުލުހުންގެ ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

comment ކޮމެންޓް