ސެންޓްރަލް ޒޯން: ގުޅީ ފުޓްބޯޅަ ކުލަބުން މާފުށީ ނިއުސްޓާ ބަލިކޮށްފި

ސެންޓްރަލް ޒޯން ދެވަނަ ޑިވިޝަން ގްރޫޕް ބީގައި މިއަދު ގުޅީ ފުޓްބޯޅަ ކުލަބާއި މާފުށި ނިއުސްޓާ ސްޕޯޓްސް ކުލަބް ބައްދަލުކުރިމެޗުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިވެހި ޕްރިމިއަ ލީގަށް ކޮލިފައިވުމުގެ ގޮތުން ސެންޓްރަލް ޒޯން ދެވަނަ ޑިވިޝަން ގްރޫޕް ބީގައި މިއަދު ގުޅީ ފުޓްބޯޅަ ކުލަބާއި މާފުށި ނިއުސްޓާ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު ގުޅީ ފުޓުބޯޅަ ކްލަބުން ކާމިޔާބުކޮށްފިއެވެ.

ތާވަލްގެ އެންމެ ފުލުގައި އޮތް ނިއުސްޓާ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މިމެޗު ގުޅީ ފުޓްބޯޅަ ކުލަބުން ކާމިޔާބުކުރީ ތިން ގޯލުގެ ގެ ނަތީޖާއަކުންނެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ 3 ގޯލުގެ ތެރެއިން ދެ ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އަނެއް ގޯލް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ.

ސެންޓްރަލް ޒޯނު ގްރޫޕް ބީގައި މިއަދު ކުޅުނު މެޗުގައި ނިއުސްޓާގެ އައްސަދު އިބްރާހީމް ގުޅީ ޓީމުގެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދަނީ--- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޗުގައި ގުޅީ ފުޓްބޯޅަ ކުލަބަށް ގޯލް ހުޅުވާލަދިނީ މެޗު ފަށައިގެން ހަތަރުވަނަ މިނެޓް ތެރޭގައި ހުސެއިން ފަހުދެވެ. ގުޅީޓީމުން ޖެހި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 25 ވަނަ މިނެޓް ތެރޭގައި މުހައްމަދު ޔަޒީދެވެ. މެޗުގައި ފެނިގެންދިޔަ އެންމެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ 71 ވަނަ މިނެޓް ތެރޭގައި އަހުމަދު ފާރިޝެވެ.

ސެންޓްރަލް ޒޯން ދެވަނަ ޑިވިޝަން ގްރޫޕް ބީގައި މިއަދު ގުޅީ ފުޓްބޯޅަ ކުލަބާއި މާފުށި ނިއުސްޓާ ސްޕޯޓްސް ކުލަބް ބައްދަލުކުރިމެޗުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސެންޓްރަލް ޒޯން ދެވަނަ ޑިވިޝަން ގްރޫޕް ބީގައި ކޮންމެ ޓީމެއްވެސް މިހާރު ހަތަރު މެޗު ކުޅެ ނިމިފައިވާއިރު، 10 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދީ ގުރައިދޫއެވެ. ހަ ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި ގުޅި އުޅޭއިރު، ތިންވަނައިގަ އުޅޭ މާފުށި ނިއުސްޓާ ކްލަބަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް