ނޮޅިވަރަންފަރު މޫދުން ގެއްލުނު ބިދޭސީ މީހާ އެއްގަމުން ފެނިއްޖެ

ހދ. ނޮޅިވަރަންފަރު ---

ހދ. ނޮޅިވަރަންފަރުން ކެނޯއެއްގައި މަސްހިފަން ނުކުމެއުޅުނު ދެ ބިދޭސީންގެ ތެރެއިން ގެއްލުނު ބިދޭސީމީހާ ފެނިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ފެނުނީ ރަށުގެ ބަނދަރާ ދިމާއިން އެއްގަމަށް އަރައި ހުއްޓައިކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މަސްހިފުމަށް އަޑިއަށްދިއުމަށްފަހު ނޭރުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއީ ނޮޅިވަރަންފަރު ގެސްޓު ހައުސްއެއްގައި މަސައްކަތްކުރާ ދެ ބިދޭސީންކަމަށެވެ. އަދި އޭގެތެރެއިން ބިދޭސީއެއް ގެއްލިފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 02:15 ހާއިރުކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ގެއްލިގެން ރިޕޯޓުކުރީ އުމުރުން 29 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ. އަދި އޭނާ ގެއްލިފައިވަނީ ނޮޅިވަރަންފަރުގެ ހުޅަނގު ފަރާތުން ގާތްގަނޑަކަށް 200 މޭލު ބޭރުންކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް