ޖަޕާނުގެ ކުރީގެ ބޮޑުވަޒީރުގެ ޖަނާޒާގައި ބައިވެރިވުމަށް މިނިސްޓަރު ޝާހިދު ޖަޕާނަށް

މިނިސްޓަރު ޝާހިދު ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން--- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޢަބްދުالله ޝާހިދު މިއަދު ފުރާވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދުގެ އަރިހުގައި ދިވެހިރާއްޖޭގެ އިއްޒަތްތެރިންގެ ވަފުދެއްވެސް އެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ފުރާވަޑައިގެންފައެވެ.

ޝިންޒޯ އަބޭ އަވަހާރަވީ، 2022 ވަނަ އަހަރުގެ ޖުލައި މަހުގެ އަށް ވަނަ ދުވަހު ކުރިއަށްދިޔަ އާންމު އެއްވުމެއްގައި ޝިންޒޯ އަބޭއަށް އަމާޒުކޮށް މީހަކު ދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބުނު ޒަޚަމްތަކުގެ ސަބަބުންނެވެ.

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާ މާދަމާ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބާއްވާއިރު، އެ ޖަނާޒާގައި ބޭރުގެ ގިނަ އަދަދެއްގެ އިއްޒަތްތެރިންނާއި ސްޓޭޓްތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިނިސްޓަރު ޝާހިދު އެ ޒާނާޒާގައި ބައިވެރިވެވަޑައިންނަވާއިރު ދާދި ފަހުން އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވުމާ ގުޅިގެން އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާސްލް ތިން ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސްގެ ދެ ކަނބަލުން ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ އިނގިރޭސި ސަރުކާރުގެ ޑިޕާޓްމެންޓެއް ކަމަށްވާ ފޮރިން އެންޑް ކޮމަންވެލްތު އޮފީސް ހުންނަ ލެންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ލިޔުއްވާފައެވެ.

comment ކޮމެންޓް