ހުޅުމާލޭ ފޭސް ދެއަކުން ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަނީ

ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދާ މުހައްމަދު އަޒުހާން

ހުޅުމާލެ ފޭސް ދެއަކުން ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދަނީ އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާންކަމަށެވެ. އަދި އޭނާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ އިއްޔެ 19:00 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

"އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް،" ފުލުހުން ބުންޏެވެ.

އަޒުހާނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ނަންމަރު 9393351އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މިއަދު އިރުއޮއްސި 6:30 ހާއިރު ލ. ގަމުން ވެސް އުމުރުން ދުވަސްވީ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް