ގައުމީ ޓީމުން ޖާގަ ނުލިބުމުން ހިތާމަކުރަން؛ އުންމީދަކީ ވޯލްޑްކަޕަށް ޓީމަށް ނެގެން: ސަންޗޯ

ގޯޑަން ސަންޗޯ---

މި މަހު ކުޅޭ ޔުއެފާ ނޭޝަންްސް ލީގުގެ މެޗުތަކަށް, އިންގްލެންޑް ގައުމީ ޓީމަށް މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް ޖޯޑަން ސަންޗޯ ނުނެގުމުން އެކަމާ ދެރަވާކަމަށް ސަންޗޯ ބުނެފިއެވެ.

ޓީމު ސްކޮޑުން ސަންޗޯ ބޭރުކުރުމުން އޭނާ ބުނީ އަންނަ ނޮވެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ވޯލްޑްކަޕަށް ނަގާ ސްކޮޑަށް އަރަން ބޭނުންވާކަމަށެވެ. އަދި މިއަށްވުރެ ވަރުގަދައަށް މަސައްކަތްކޮށް ގައުމީ ޓީމަށް ކުޅެން މަސައްކަތްކުރަން ބޭނުންވާކަމަށް ސަންޗޯ ބުންޏެވެ.

މި މަހު ކުޅޭ ޔުއެފާ ނޭޝަންްސް ލީގުގެ މެޗުތަކަށް އިންގްލެންޑުން ވަނީ 28 ކުޅުންތެރިން ނަގައިފައެވެ. އެ ސްކޮޑުން ސަންޗޯގެ އިތުރުން ޔުނައިޓެޑުގެ މާކޮސް ރަޝްފޯޑު ވެސް ވަނީ ބާކީ ކޮށްފައެވެ.

މީގެއިތުރުން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންއާއި، އިނގިރޭސި ގައުމީ ޓީމުގެ އެއްވަނަ ކީޕަރު ޖޯޑަން ޕިކްފޯޑް ވެސް ވަނީ އެ ސްކޮޑުން ބާކީ ކޮށްފައެވެ.

ސަންޗޯއަކީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. މި ސީޒަންގައި ސަންޗޯ ވަނީ ޔުނައިޓެޑަށް ތިން ގޯލު ޖަހައިދީފައެވެ.

އިނގިރޭސި ގައުމީ ޓީމަށް 23 މެޗު ކުޅެދީ ތިން ގޯލު ޖަހައިފައިވާ ގްރީލިޝްއަށް އެންމެ ފަހުން ގައުމީ ޓީމު މެޗެއް ކުޅެލަން ލިބިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

ނަމަވެސް މި ސީޒަންގައި މާ އެދެވޭ ކުޅުމެއް ނުދައްކޭ ބައެއް ކުޅުންތެރިންނަށް ކޯޗު ސައުތު ގޭޓް ވަނީ ފުރުސަތު ދީފައެވެ. އެގޮތުން ޗެލްސީގެ މޭސަން މައުންޓާއި، މެންޗެސްޓާ ސިޓީގެ ޖެކް ގްރީލިޝްގެ އިތުރުން ގިނަ މެޗުތަކެއްގައި ޔުނައިޓެޑްގެ ބެންޗުން ފެނުނު ހެރީ މެގުއާއަށް ވެސް ވަނީ އިނގިރޭސި ގައުމީ ޓީމުން ފުރުސަތުދީފައެވެ.

comment ކޮމެންޓް