ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

ފީނަށްގޮސް އުޅުމުގެ ތެރެއިން ބްރޭކް އައުޓްވި މީހަކު ފެނުން މައްޗަށް ނަގަނީ-- ސަން ފައިލް ފޮޓޯ

އއ. ފެރިދޫކައިރި ރިސޯޓަކުން ޑައިވިންއަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފެރިދޫ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު މަރިޔަމް އަހުމަދު "ސަން"އަށް ވިދާޅުވީ ޑައިވިންއަށް ފައިބައިގެން އުޅެނިކޮށް މަރުވީ އަންހެން ފަތުރުވެރިއެއްކަމަށެވެ. އަދި އޭނާ ފެރިދޫ ހެލްތު ސެންޓަރަށް ގެނައީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށާއި ހެލްތު ސެންޓަރަށް ގެނައި އިރުވެސް ވަނީ މަރުވެފައިކަމަށް މަރިޔަމް ވިދާޅުވިއެވެ.

ފެރިދޫން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ އެއީ ރިސޯޓަކުން ސަފާރީއެއްގައި ޑައިވިންއަށް ފޭބި މީހެއްކަމަށެވެ. އަދި ބެލެވޭގޮތުގައި އޭނާ މަރުވީ ގެނބިގެންކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ އެފަދަ މައުލޫމާތެއް އަދި އެމްއެންޑީއެފަށް ލިބިފައި ނުވާކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް