އެކި އިދާރާތަކުގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖްތަކަށް ސަމާލުވާން އެދިއްޖެ

ފުލުހުންތަކެއް އެއްވުމެއްގައި --- ސަން ފައިލް ފޮޓޯ

އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާތީ، އެ މެސެޖުތަކުގައިވާ ލިންކުތަކަށް ނުވަނުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އެކަން ފުލުހުން ދަނީ ބަލަމުން ކަމަށާއި އެ މެސެޖު ތަކުގައިވާ އެއްވެސް ލިންކަކަށް ނުވަނުމަށް އިލްތިމާސް ކުރާ ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/167923

ސްކޭމް މެސެޖްތަކުގައި އެފަދަ ލިންކްތައް ހިމަނާފައި ހުންނަނީ އެ ލިންކްތައް މެދުވެރިކޮށް މީހުންގެ ޒާތީ މައުލޫމާތުތައް ހޯދުމަށެވެ. އެ މައުލޫމާތުތައް ހޯދަނީ އިންޓަނެޓް ބެންކިން ފަދަ ފައިސާއާ ގުޅުންހުރި މުއާމަލާތްތައް ވަގަށް ބޭނުން ކުރުމަށެވެ.

މީހުންނަށް ފޮނުވަމުން އަންނަ ސްކޭމް މެސެޖްތައް-- ފޮޓޯ: ފުލުހުން

މިފަދަ މައްސަލަތައް ފަހަކަށް އައިސް އިތުރުވަމުންދާއިރު އެޗްޑީސީން ވެސް ވަނީ އެ ކުންފުނީގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ، އެކަމަށް ސަމާލުވާން އެދިފައެވެ.

ފޭކް ނަންނަމުގައި ސްކޭމް މެސެޖު ކޮށްގެންނާއި މީހުންނަށް ގުޅައި، އޮޅުވާލައިގެން ފައިސާ ފޭރޭ މައްސަލަތައް މިހާރު ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް