ސްޓޭޓް މިނިސްޓަރު އަލީ ސާލިހަށް ތޫނު އެއްޗަކުން ހަމަލާ ދީފި

ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސާލިހް: އޭނާއަށް ވަނީ ތޫނު އެއްޗަކުން ހަމަލަދީފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެންވައިރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސާލިހަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, އަލީ ސާލިހަށް ތޫނު އެއްޗަކުން ހަމަލަދިންކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 13:26ގައި ކަމަށެވެ.

އަލީ ސާލިހަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޭނާއަށް ހަމަލަދިންކަމަށް ތުހުމަތުވާ މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ހަމަލަ ދޭން އުޅުނީ އަލީ ސާލިހުގެ ފަހަތުން ކަރަށެވެ. އަދި ހަމަލާއިން ދިފާއުވާން އުޅުމުގެ ތެރޭގައި ވާއަތް ވަނީ ކަފައިގެން ގޮސް ޒަހަމް ވެފައެވެ.

comment ކޮމެންޓް