ނަސީރަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ތިން ދުވަސް ދީފި

ކުރީގެ ނޫސްވެރިޔާ ނަސީރު: އޭނާގެ މައްޗަށް ދައުވާ ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ވަނީ ތިން ދުވަސް ދީފަ ---

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އިބްރާހީމްގެ މައްޗަށް ދައުވާ އުފުލުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ތިން ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ހައްޔަރުކުރި ނަސީރުގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ތިން ދުވަސް އިތުރުކޮށްދީފައެވެ.

ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުގައި ބުނެފައިވަނީ ތިން ދުވަސް ތެރޭގައި ނަސީރަށް ދައުވާ ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށެވެ.

އެގޮތުން އެ މައްސަލައިގައި ދައުވާ އުފުލުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފުނުވުމާ ގުޅޭ ގޮތުން ނުވަތަ ނިންމާ އެހެން ގޮތެއް ވެސް ޝަރީއަތަށް ހުށަހެޅުމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ނަސީރު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއިން ދެން ފެންނަނީ ކާކުކަމެއް ސާފެއްނުވެއެވެ.

ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވުމަށްފަހު އެ މީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

އެ ތިން މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހަައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުއެވެ.

comment ކޮމެންޓް