ޓޮޓެންހަމްއިން ފަހުވަގުތު ޗެލްސީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން---

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގައި ޗެލްސީ މޮޅުވާން ދަނިކޮށް ފަހުވަގުތު ޓޮޓެންހަމް ގޯލެއްޖަހައި އެ ޓީމު ހިފަހައްޓައިފިއެވެ.

މިރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގައި ގިނަ ހަމަލާތަކެއް ދެ ޓީމުގެ ފަރާތުން ފެނުނުއިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޗެލްސީންނެވެ.

އެގޮތުން މިރޭ ފުރަތަމަ ގޯލުޖަހައި ލިޑު ނަގައިފައިވަނީ ވެސް އެ ޓީމުންނެވެ. އެ ގޯލަކީ މެޗުގެ 19 ވަނަ މިނެޓުގައި ޗެލްސީއާ މި ސީޒަނުގައި އަލަށް ގުޅުނު ސެނެގާލްގެ އިތުބާރު ޑިފެންޑަރު ކަލިދޫ ކުލިބާލީ ޖެހި ގޯލެކެވެ.

އެ ލީޑުގައި އޮވެ ޗެލްސީން މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފުގައި ޓޮޓެންހަމްގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެ ގޯލަކީ ޓޮޓެންހަމްގެ ބެން ޑޭވިސްގެ އެހީތެރިކަމާއެކު ޕިއޭ-އެމީލް ހޮއިބިއާ މެޗުގެ 68 މިނެޓުގައި ޖަހައިފައިވާ ގޯލެކެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ޗެލްސީން ވަނީ ގޯލެއް ޖަހައި ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ސިޓީ ދޫކޮށް މި ޗެލްސީއަށް މި ސީޒަނުގައި ބަދަލުވި ރަހީމް ސްޓާލިންގެ އެހީތެރިކަމާއެކު ރީސް ޖޭމްސް ޖެހި ގޯލެކެވެ.

އެ ނަތީޖާއާއެކު ޗެލްސީ މޮޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޓޮޓެންހަމް އިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެ ގޯލަކީ އިވާން ޕެރިސިޗްގެ އެހީތެރިކަމާއެކު ހެރީ ކޭން ޖެހި ގޯލެކެވެ.

comment ކޮމެންޓް