ޕްރިމިއާ ލީގް: ބްރެންޓްފޯޑް އަތުން ޔުނައިޓެޑަށް ލަދުވެތި ބައްޔެއް

ޔުނައިޓެޑާއި ބްރެންޓްފޯޑު ބައްދަލުކުރި މެޗުގެ ތެރެއިން---

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑު އަތުން މެންޗެސްޓާ ޔުނައިޑެޓް ލަދުވެތި ގޮތަކަށް ބަލިވެއްޖެއެވެ.

މިރޭ ބްރެންޓްފޯޑް އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ދެ ޓީމަށް ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ލިބިފައެވެ. އެގޮތުން މެޗުގެ ވަރަށް ކުރީ ކޮޅު ބްރެންޓްފޯޑުން ވަނީ ގޯލެއް ޖަހައި ޔުނައިޓެޑް ހާސްކޮށްލާފައެވެ. އެ ގޯލަކީ މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމުގެ މަތިއަސް ޖެންސެންގެ އެހީތެރިކަމާއެކު ޖޯޝް ޑަ ސިލްވާ ޖެހި ގޯލެކެވެ.

އޭގެ އަށް މިނެޓު ފަހުން ބްރެންޓްފޯޑުން ވަނީ އަނެއްކާ ގޯލެއްޖަހައި މެޗުގެ ނަތީޖާގެ ފަރަގު ބޮޑު ކޮށްފައެވެ. އެ ގޯލަކީ ޔުނައިޓެޑް ގެ ޑިފެންސް ލައިންގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ބޭނުންހިފައި ޑަ ސިލްވާ ޖެހި ގޯލެކެވެ.

މީގެއިތުރުން މެޗުގެ 30 ވަނަ މިނެޓުގައި ބެން މީ ވަނީ ބްރެންޓްފޯޑަށް ތިން ވަނަ ގޯލު ޖަހައިދީފައެވެ. އެ ގޯލަކީ އިވާން ޓޯނާ ޔުނައިޓެޑްގެ އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން އޭނާ ޖެހި ގޯލެކެވެ.

ޔުނައިޓެޑާއި ބްރެންޓްފޯޑު ބައްދަލުކުރި މެޗުގެ ތެރެއިން---

އޭގެ ފަސް މިނެޓު ފަހުން ބްރިޔާން މަބުއެމޯ ވަނީ ރީތި ގޯލެއް ޖަހައިދީފައެވެ. އެ ގޯލަކީ ޓޯނޭ ދިން ތުރޫ ޕާހަކުން އޭނާ ޖެހި ގޯލެކެވެ.

އެ ނަތީޖާއާއެކީ ޔުނައިޓެޑް ބަލިވިއިރު އެ ޓީމު މިވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފުލުގައެވެ. އެ ޓީމު ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ވެސް ވަނީ 2-0 ގެ ނަތީޖާއަކުން ބްރައިޓަން އަތުން ބަލިވެފައެވެ.

comment ކޮމެންޓް