އަލިފާންރޯވީ މީރު އައިލެންޑް ރިސޯޓުގައި ކަމަށް ބުނެވުނީ އޮޅުމަކުން: އެމްއެންޑީއެފް

ސިއްރު ފެންފުށި -- ފޮޓޯ/ ބުކިން ޑޮޓް ކޮމް

މީރު އައިލެންޑް ރިސޯޓުގެ ވޯޓާ ވިލާއެެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް މީޑިއާއަށް މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ސިއްރު ފެންފުށީގެ ވޯޓާ ވިލާއެެއްގައި ކަމަށެވެ.

އަދި މި ހާދިސާ ހިނގައިގެން އުޅޭކަން އެފްއާރުއެސްއަށް ރިޕޯޓުކޮށްފައިވަނީ ވަނީ 19:44 ހާއިރުކަމަށާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުން މިހާރު ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގެއެވެ.

comment ކޮމެންޓް