އޭޓީޕީ 1000 ނޭޝަނަލް އޯޕެން ޓެނިސް މުބާރާތް މީޑިއާނެޓުން ފެންނާނެއެވެ.
އޭޓީޕީ 1000 ނޭޝަނަލް އޯޕެން ޓެނިސް މުބާރާތަކީ 1881ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުޅެމުން އަންނަ ފޯރިގަދަ މުބާރާތެކެވެ.
ފިރިހެނުންގެ މުބާރާތެއްގެ ގޮތުގައި މި މުބާރާތް ފެށި ނަމަވެސް 1892 ގައި ދެ ޖިންސުގެ ކުޅުންތެރިން ހިމެނޭ ގޮތަށް މުބާރާތް ބަދަލުވިއެވެ. ޓެނިސްގެ އެކިއެކި މުބާރާތްތަކުގެ އެންމެ މޮޅު ކުޅުންތެރިން މި މުބާރާތުގައި ވެސް އެ ކުޅުންތެރިންގެ ހުނަރު ދައްކާނެއެވެ. ދުނިޔޭގައި ކުޅޭ މިފަދަ މުބާރަތްތައް ގިންތި ކުރާއިރު މި މުބާރާތް ގިންތި ކުރެވެނީ ގަދަ ތިނެއް ގައެވެ.
ކެނަޑާގެ މޯންރިއާލްގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ދާނީ މާދަމާއިން ފެށިގެން އަންނަ ހަފުތާގެ ހޯމަދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ 2021 ވަނަ އަހަރުގެ ސިންގަލްސް ބައިގެ ޗެމްޕިއަން އަކީ ރަޝިޔާގެ ޑެނިލް މެޑްވެޑެވް އެވެ.
މުބާރާތް ފެށުމަށް އެއް ދުވަހަށް ވެފައި ވާއިރު، ރާއްޖޭގައި ޓެނިހަށް ލޯބިކުރާ މީހުންނަށް މި ފޯރިގަދަ މުބާރާތުގެ ފިރިހެނުން ތަމްސީލު ކުރާ މެޗުތައް މީޑިއާނެޓު މެދުވެރިކޮށް އައިސްގެ ޗެނަލްތަކުން ވަގުތުން ފެންނާނެއެވެ.
މުޅި ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީ ޚިދުމަތް ދެމުން އަންނަ މީޑިއާނެޓަކީ އެހެން ޤައުމުތަކުގައި ކުޅެވޭ މިފަދަ ބޮޑެތި ކުޅިވަރު މުބާރާތްތައް ބެލުންތެރިންނާ ހަމައަށް ގެނެސްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަ ކުރެވެއެވެ. އަދި އެމްއެސް ޑިޖިޓަލް މޯބައިލް އެޕްގައި ރެޖިސްޓްރީ ނުވެ ވައުޗާ ކޯޑު މެދުވެރިކޮށް ޑީކޯޑަރަކާ ނުލައި ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެގެން ވެސް މީޑިއާނެޓުގެ ޗެނަލްތައް ބެލޭނެއެވެ.
ވައުޗަރު ކޯޑު މީޑިއާނެޓުގެ ކުއިކްޕޭ ލިންކުން ލިބޭނެއެވެ.