ފުލުހުންގެ އަތުގައިހުރި ބަނގުރަލާއި ބިޔަރު ދަޅުތަކެއް ނައްތާލައިފި

ފުލުހުން މިއަދު ނައްތާލި ބަނގުރަލާއި ބިޔަރު ދަޅުތައް --ފޮޓޯ/ ޕޮލިސް

ފުލުހުންގެ ބެލުމުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ފުޅި ތަކަކާއި ބިޔަރު ދަޅުތަކެއް ނައްތާލައިފިއެވެ.

ފުލުހުން މިއަދު ނައްތާލާފައިވަނީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 149 ފުޅި ބަނގުރަލާއި 44 ދަޅު ބިޔަރެވެ.

މި ތަކެއްޗަކީ މިއަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހުން ފަށައިގެން ޖުލައި ހަ ވަނަ ދުވަހާއި ހަމައަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރީންގެ އަތުން ނަގައި އެމްއެންޑީއެފުން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

comment ކޮމެންޓް