ބޮޑެތި އިނާމުތަކާއެކު "އެސްޓީއޯގެ ބެކް ޓު ސްކޫލް" ޕްރޮމޯޝަން ފަށައިފި

އެސްޓީއޯގެ ބެކް ޓޫ ސްކޫލް ޕްރޮމޯޝަން ފެށުމުގެ ތެރެއިން --- ފޮޓޯ/ އެސްޓީއޯ

ދިރާސީ އައު އަހަރާ ދިމާކޮށް އެސްޓީއޯގެ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފިއެވެ.

މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެސްޓީއޯގެ ހޯލްސޭލް އަދި ރީޓެއިލް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެހެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯއިން ވިއްކާ ޑެވޮންޑޭލް ކިރު، އައިވީ ކިރު ނުވަތަ ހެޕީ ކައު ޗީޒްގެ ބާވަތްތައް ގަނެގެން ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެ ބްރޭންޑުތަކުގެ އުފެއްދުންތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ވަކިންނެވެ.

އެގޮތުން ހޮވޭ ނަސީބުވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ އިނާމު ތަކަކީ،

ހޯލްސޭލް ނަސީބުވެރިންނަށް:

  • އެއްވަނަ އަށް 327 ލީޓަރުގެ ގެ ޗެސްޓު ފްރީޒަރެއް
  • ދެވަނަ އަށް ރަސަލް ހޮބްސްގެ ފެންކައްކާ ޖަގެއް، މައިކްރޮވޭވް އަވަނެއް އަދި ޕްރެޝާ ކުކަރެއް
  • ތިންވަނަ އަށް ރަސަލް ހޮބްސްގެ ފެންކައްކާ ޖަގެއް އަދި މައިކްރޮވޭވް އަވަނެއް

ރީޓެއިލް ނަސީބުވެރިންނަށް:

  • އެއްވަނަ އަށް 5,000 ރުފިޔާގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗާއެއް
  • ދެވަނަ އަށް 2,500 ރުފިޔާގެ ޕީކަބޫ ގިފްޓް ވައުޗާއެއް
  • ތިންވަނަ އަށް 1,500 ރުފިޔާގެ ޕީކަބޫ ގިފްޓް ވައުޗާއެއް

މީގެ އިތުރުން، ގަންނަ ކޮންމެ ޑެވޮންޑޭލް އެއް ލީޓަރުގެ ޕެކެޓު އަދި ހިކި ކިރު ޕެކެޓަކާއެކު ލިމިޓެޑް އެޑިޝަން ޖޯޑެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ޖޯޑުގެ ސްޓޮކް ހުސްވަންދެން އެ އޮފާ ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

comment ކޮމެންޓް