ވިޒް އެއާގެ ދަތުރުތައް ރާއްޖެ އަށް ފަށަނީ

ވިޒް އެއާލައިން ގެ އެއާބަހެއް ---

މި އަހަރުގެ އޮކްޓޯބަރު މަހު ޔޫއޭއީގެ އެންމެ އަގެ ހެޔޮ ބަޖެޓު އެއާލައިން ކަމަށްވާ ވިޒް އެއާ އިން ރާއްޖެއަށް ދަތުރުތައް ފަށަން ހަމަޖެހިފައިވާކަމަށް އެ އެއާލައިން އިން ބުނެފިއެވެ.

ވިޒް އެއާގެ ފުރަތަމަ ދަތުރު ރާއްޖެއަށް ކުރާނީ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އެ އެއާލައިން އިން އިއުލާނުކުރި ގޮތުގައި ޔުއޭއީގެ ވެރިރަށް އަބޫދާބީން ރާއްޖެ އަށް ދަތުރުކުރަން ހަމަޖެހިފައި ވަނީ ކޮޅަކަށް 319 ދިރުހަމް އަށެވެ. ދިވެހި ރުފިޔާ އިން އެއީ 1،333 ރުފިޔާއެވެ.

ވިޒް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށަން ހަމަޖެހިފައިވާއިރު، ވިޒް އިން ބުނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހާއި އަންގާރަ ދުވަހާއި ބުރާސްފަތި އަދި ހޮނިހިރު ދުވަހު ރާއްޖެއަށް ދަތުރުތައް އޮންނާނެ ކަމަށެވެ.

މިހާރު ދަތުރުތަކަށް ޓިކެޓު ވިއްކަން ވަނީ ފަށާފައެވެ. އަދި ޓިކެޓް ނެގުމަށް ވިޒް އެއާގެ ވެބްސައިޓް ނުވަތަ އެޕްލިކޭޝަން ބޭނުން ކުރެވޭނެއެވެ.

މީގެ އިތުރުން ޓިކެޓް ބުކް ކުރާއިރު، ވިޒް އެއާއިން ތައާރަފުކުރި "ވިޒް ފްލެކްސް" ބޭނުންކުރުމުން، ފުރުމުގެ ތިން ގަޑިއިރުކުރިން ދަތުރު ކެންސަލް ކުރިނަމަވެސް "ފުލް ރިފަންޑު ވިޒް" އެކައުންޓަށް ލިބޭނެއެވެ.

ވިޒް އެއާލައިންގެ ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ 2004 ވަނަ އަހަރުއެވެ. އަދި އޭރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް 200 މިލިއަން ފަސިންޖަރުން އެ އެއާލައިން އިން ދަތުރުކޮށްފައިވާތީ އެކަން ވަނީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

އެ އެއާލައިންގެ މަގުސަދަކީ އޭގެން ދަތުރުކުރާ އެންމެނަށްވެސް އަތްފޯރާ އަގެއްގައި ދަތުރުކުރެވޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށް އެ އެއާލައިނުން ބުނެއެވެ.

comment ކޮމެންޓް