ދަނޑުވެރިއަކު އެތެރެ ކުރި ''ބަޅުވަޅި''އެއް އެމްއެންޑީއެފް އިން އަންގައިގެން ހިފަހައްޓައިފި

ދަނޑުވެރިޔަކު އެތެރެކުރި ވަޅި

ދަނޑުވެރިއަކު އެތެރެ ކުރި ބަޅުވަޅި އެއް އެމްއެންޑީއެފް އިން އަންގައިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައިފިއެވެ.

ޒުވާން ދަނޑުވެރިޔާގެ ނަމުގައި ދަނޑުވެރިކަމާ ގުޅޭ މައުލޫމާތާއި ފޮޓޯ ހިއްސާކުރައްމުންދާ ޒުވާނާ ކުރި ޓުވީޓެއްގައި ވަނީ އެ ވަޅީގެ ފޮޓޯއަކާއި އެ ވަޅި ހިފަހައްޓާފައިވާކަމަށް ކަސްޓަމްސް އިން އޭގެ ވެރިފަރާތަށް ފޮނުވާފައިވާ ސިޓީ ހިއްސާކޮށްފައެވެ.

އެ ސިޓީގައި ވަނީ އެ ވަޅިއަކީ މީހުންގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ގޮތުން ބޭނުންކުރެވޭނެ އެއްޗަކަށްވާތީ އެ ވަޅި ހިފަހެއްޓުމަށް އެމްއެންޑީއެފް އިން އަންގާފައިވާކަމަށެވެ.

"ރާއްޖެއަށް ވެއްދުން މަނާތަކެެތީގެ ގާނޫނުގެ ހަވަނަ މާއްދާގެ ދަށުން މި ތަކެތި ދޫނުކުރާ ގޮތަށް ހިފަހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ،" އެ ސިޓީގައިވެއެވެ.

އެ ސިޓީ ހިއްސާކުރަމުން އެ ޒުވާނާ ކުރި ޓުވީޓުގައި ވަނީ އެ ވަޅިއަކީ ދަނޑުވެރިކަމުގެ ބޭނުމުގައި ގެނައި އެއްޗެއް ކަމަށާއި އެ ވަޅި ގެނައީ އިންޑިއާ އިން ކަމަށެވެ. އަދި އެ ވަޅި ނުރައްކާތެރި އެއްޗަކަށްވާއިރު، މިހާރު ފިހާރަތަކުން އެކި ޒާތް ޒާތަށް ހުންނަ ވަޅި ވައްކަމުން އަންނަ ކަމަށް އޭނާގެ ފާހަގަކުރިއެވެ.

އޭނާ ބުނިގޮތުގައި އެ ވަޅި ހިފެހެއްޓީ އެ ވަޅީގެ ނަމަކީ ހަންޓިން ބިލް ހޫކް ނައިފްއެއް ކަމަށް ބުނެ އެވެ. ނަމަވެސް އުފެއްދި ފަރާތުން އެއަށް ދީފައިވާ ނަމަކީ "ވިންކަރ ޕްރޫނިން ކަޓާ" ކަމަށް އޭނާ ބުންޏެވެ. އަދި އެއީ ދަނޑުވެރިކަމާއި ގާޑެނިންއަށް އަދި ހޯޓިކަލްޗާއަށް ބޭނުންކުރާ ވަޅިއެއްކަމަށްވެސް އެ ޓުވީޓުގައި ބުނެފައިވެއެވެ.

comment ކޮމެންޓް