މިއަހަރުގެ މިހާތަނަށް އަށް ލައްކަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

ރާއްޖޭ މައި އެއާ ޕޯޓްގައި ފަތުރުވެރިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ މިހާތަނަށް އަށް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރު އައި 838،225 ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ އިންޑިއާގެ ރައްޔިތުންނެވެ. އެގޮތުން އިންޑިއާއިން 123،687 ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވެއެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެއީ 98،621 ފަތުރުވެރިންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެއީ 84،570 ފަތުރުވެރިންނެވެ.

މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ގިނައެވެ. މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 526،080 ފަތުރުވެރިންނެވެ.

ކޮވިޑް-19ގެ ބަލިމަޑު ކަމުގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމަށް އޭގެ ނޭދެވޭ އަސަރުކުރިއެވެ. އޭގެ ފަހުން ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފައެވެ.

comment ކޮމެންޓް