ޓެކްސީ ދަތުރުގެ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑުކޮށްފި

ޓެކްސީ ދަތުރުކުރާ އަގަށް ބަދަލުގެނައީ ތެލުގެ އަގު އުފުލުމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުކުރާ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑުކޮށްފިއެވެ.

އެގޮތުން ޓަރާންސްޕޯޓް މިނިސްޓްރީން އާންމު ކުރި ޓެސްކީ ދަތުރުކުރާ އާ އަގުތަކަކީ:

1- މާލެ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި2 ގެ އެތެރޭގެ ދަތުރު 30 ރުފިޔާ

2- މާލެ އިން ހުޅުމާލެ ފިޔަވަހި1 އަށް، އަދި ހުޅުމާލެ ފިޔަވަހި1 އިން މާލެ އަށް 85 ރުފިޔާ

3- މާލެ އިން ހުޅުމާލެ ފިޔަވަހި2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން މާލެ އަށް 100 ރުފިޔާ

4- މާލެ އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ އަށް 70 ރުފިޔާ

5- ހުޅުމާލެ ފިޔަވަހި 1 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި 1 އަށް 80 ރުފިޔާ

6- ހުޅުމާލެ ފިޔަވަހި 2 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި 2 އަށް 85 ރުފިޔާ

7- ހުޅުމާލެ ފިޔަވަހި1 އިން ހުޅުމާލެ ފިޔަވަހި2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން ހުޅުމާލެ ފިޔަވަހި2 އަށް 40 ރުފިޔާ

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީ ދަތުރުކުރާ އަގަށް ބަދަލުގެނައީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންކަމަށެވެ.

ޓެކްސީ ދަތުރުކުރާ އަގުތަކާމެދު ހިންހަމަނުޖެހި ޓެކްސީ ޑްރައިވަރުން ވަނީ މީގެ ކުރިން މުޒާހަރާ ވެސް ކޮށްފައެވެ.

އަދި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ އަގަށްވުރެ އަގުބޮޑުކޮށް ވެސް ބައެއް ޑްރައިވަރުން ދަނީ ދަތުރުކުރަމުންނެވެ.

comment ކޮމެންޓް