ވިލާ ކޮލެޖުން ބާއްވާ ޓްރިޕަލް ތުރެޓު ބާސްކެޓު ޓޯނަމެންޓު ފަށައިފި

ވިލާ ކޮލެޖުން ބާއްވާ ޓްރިޕަލް ތުރެޓު ބާސްކެޓް ޓޯނަމެންޓުގެ ތެރެއިން --- ފޮޓޯ/ ކޮލެޖު

ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެސޯސިއޭޝަން (ވީސީއެސްއޭ)އިން އިންތިޒާމުކޮށްގެން ހަޔާ އެޑިއުކޭޝަން ކޮމިއުނިޓީގެ މެދުގައި ބާއްވާ ޓްރިޕަލް ތުރެޓް ބާސްކެޓްބޯލް ޓޯނަމެންޓް 2022 (ޓީޓީބީޓީ) ފަށައިފިއެވެ.

އައުޓްޑޯ ބާސްކެޓް ކޯޓުގައި ކުރިއަށްދާ އެ މުބާރާތުގައި އަންހެން އަދި ފިރިހެން ދެ ޑިވިޝަނުން ޖުމުލަ ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ.

އެގޮތުން ފުރަތަމަ މެޗުގައި މިދިޔަ ހުކުރުދުވަހުގެ ރޭ ކުޅުނީ އަންހެން ޑިވިޝަންގެ މެޗެކެވެ. އެ މެޗުގައި ވާދަކުރީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް (އޭއައިއެސް) އާއި ވިލާ ކޮލެޖަށްވާއިރު 6-16 އިން މެޗު ކާމިޔާބު ކުރީ އޭއައިއެސްއެވެ.

މުބާރާތުގެ އަަންހެން ޑިވިޝަންގެ ދެވަނަ މެޗުގައި ވިލާ ކޮލެޖާއި ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ވާދަކޮށް އެ މެޗު 25-7 ގެ ނަތީޖާއިން ކާމިޔާބުކުރީ ސީއެޗްއެސްއީއެވެ. އަދި އަންހެން ޑިވިޝަންގެ ފަހު މެޗުގައި އެމްއެންޔޫއެސްޔޫއާއި އޭއައިއެސް ވާދަކުރިއިރު އެ މެޗު 14-9 ނަތީޖާއިން ކާމިޔާބުކުރީ އެމްއެންޔޫއެސްޔޫއެވެ.

އެ މުބާރާތުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފުރަތަަމަ މެޗުގައި މެޕްސް ކޮލެޖާއި ސީއެޗްއެސްއީ ބައްދަލުކުރި މެޗުގައި 27-13 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސީއެޗްއެސްއީއެވެ. އަދި ފިރިހެން ޑިވިޝަންގެ ދެ ވަނަ މެޗުގައި ވވިލާ ކޮލެޖާއި އެމްއެންޔޫއެސްޔޫ ވާދެކުރިއިރު އެ މެޗު 33-17 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްއެންޔޫއެސްޔޫއެވެ.

ޓްރިޕަލް ތުރެޓުގެ އެ މުބާރާތަށްފަހު ކޮންމެ އަހަރެއްގައިވެސް އެ މުބާރާތް ބޭއްވުމަށް ނިންމާފައިވާކަމަށް ވިލާ ކޮލެޖުން ބުންޏެވެ. މިއަހަރުގެ މުބާރާތުގައި ހަ ޓީމް އަކުން ވާދަކުރާއިރު އޭގެ ތެރޭގައި އެމްއެންޔޫއެސްޔޫ އާއި ވިލާ ކޮލެޖާއި އަހުމަދިއްޔާ އަދި ސީއެޗްއެސްއީ ހިމެނެއެވެ.

މީގެ އިތުރުން މުބާރާތުގެ ފައިވް އޮން ފައިވް އާއި ތްރީ އޮން ތްރީގައިވެސް އަންހެން އަދި ފިރިހެން ޓީމުތައް ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށްދާނީ މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް