ފެންފުށީގައި މޫދަށް އެރި އުޅުނު 23 އަހަރުގެ ޒުވާނަކު މަރުވެއްޖެ

އދ. ފެންފުށި--- ފޮޓޯ

އދ. ފެންފުށީގައި މޫދަށް އެރި އުޅުނު އުމުރުން 23 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

އދ. ފެންފުށީ ކައުންސިލުގެ ރައީސް އަޙުމަދު ޢަބްދުއްޝުކޫރު ވިދާޅުވީ އެ ޒުވާނާ މަރުވީ އދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ފުލުހުން ބުނީ ފެންފުށީ މޫދަށް އެރި އުޅުނު ދެ ދެ މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު 18:00ހާ އިރު ލިބުނު ކަމަށެވެ. އެއީ 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއް ކަަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ ދެ މީހުންނަށް އިތުރަށް ފަރުވާ ދިނުމަށް އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 23 އަހަރުގެ މީހާ މަރުވެފައިވާކަން ހޮސްޕިޓަލުން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް