ހައިކޯޓުގެ ގޮފިތައް އުވާލަން ކޯޓުތަކުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން ފާސްކުރީ ވޯޓުދިން 73 މެންބަރުންގެ ތެރެއިން 34 މެންބަރުނެގެ ތާއީދާއެކުގައެވެ.
މަޖިލީހުން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި:
- ހައިކޯޓުގެ ދެ ގޮފި އުވާލުން.
- ކޯޓުތަކުން ކުރާ ހުކުމްތައް އިސްތިއުނާފު ކުރާ މުއްދަތު 30 ދުވަހަށް އިތުރު ކުރެވޭ ގޮތް ހެދުން.
- ކޯޓަށް ނެތް ބާރަކުން ކުރާ ހުކުމް ބާތިލުވުން.
- މި އިސްލާހަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ހައިކޯޓުގެ ދެ ގޮފީގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން ހަމަޖައްސައިދީ އެކަންކަން ނިންމުން.
- ހައިކޯޓުގެ ދެ ގޮތްޕަށް ހުށަހަޅައި އެތަންތަނުގައި ރަޖިސްޓަރީކޮށް ހިންގަމުން ގޮސްފައިވާ ހުރިހާ މައްސަލަތައް މާލޭގެ ހައިކޯޓަށް ބަދަލުވުން.
ހައިކޯޓުގެ ދެކުނު ގޮފި ހުރީ ސ. މީދޫ ގައެވެ. އުތުރުގޮފި ހުރީ ހދ. ކުޅުދުއްފުށީގައެވެ.