އަނދުން ހުސައިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަރަހަނާކޮށް ފެންނަ ފޮޓޯއެއް ލީކުކޮށްފި

ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) --- ފޮޓޯ/ މަޖިލިސް

ހެންވޭރު ދެކުުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަރަހަނާކޮށް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފިއެވެ.

މިރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ ފޮޓޯއިން ފެންނަނީ އަންހެނަކާއި ދެ ފިރިހެނަކު ބަރަހަނާކޮށެވެ. އޭގެ ތެރެއިން އެކަކީ އަނދުން ހުސައިން ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލް އަހުމަދު ނާޒިމް އަބްދުލް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯއެއް ވެސް މިއަދު ވަނީ ލީކުކޮށްލާފައެވެ.

ނަމަވެސް ނާޒިމް ވަނީ އެ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ނާޒިމްގެ ވީޑިއޯ މައްސަލައިގެ ތަހުގީގު މިއަދު ފަށާފައިވާ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ފުލުހުން މީގެ ކުރިން ފަށާފައިވާ ކަމަށެވެ.

އެ މައްސަލަތަކާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މިިއަދު ހަވީރުގެ ވަގުތެއްގައި ނާޒިމު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ފުލުހުން ބުނީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން ފުލުހުން ހާމަނުކުރެއެވެ.

comment ކޮމެންޓް