އެފްއެސްއެމުން ވިއްކާ ޕެޓްރޯލް ލީޓަރެއްގެ އަގު 16.55 ރުފިޔާއަށް އަރައިފި

އެފްއެސްއެމްގެ ޝެޑަކުން ތެޔޮ އަޅަނީ --- ސަން ފައިލް ފޮޓޯ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާތީ، އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ އެފްއެސްއެމުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަދިވެސް އުފުލެމުން ދާކަމަށެވެ. އަދި އެ ކުންފުނިން ވިއްކާ ތެލުގެ އަގު ބޮޑުކުރަން ޖެހުނީ އެ ސަބަބާ ހެދި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިއަދު ތެލުގެ އަގަށް ގެނައި ބަދަލާއެކު ކުރިން 14.60 ރުފިޔާ އަށް ހުރި ޕެޓްރޯލް ލީޓަރެއް ދެން ލިބޭނީ 16.55 ރުފިޔާއަށެވެ. އަދި ކުރިން 14.80 ރުފިޔާއަށް ލިބުނު ޑީސަލް ލީޓަރެއް ދެން ލިބޭނީ 16.77 ރުފިޔާއަށެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގު ބޮޑުކުރީ މިދިޔަ މާޗު މަހުއެވެ.

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެލުގެ އަގު މިހާރު ހުރި ވަރަށް ބަލާއިރު، ޑަބްލިއުޓީއައި ފީފާއެއް އުޅެނީ 104 ޑޮލަރަށެވެ. އަދި ބްރެންޓް ފީފާއެއް ހުރީ 109 ޑޮލަރަށެވެ.

comment ކޮމެންޓް