ކެޕްޓަން އިހުސާނު އެމްއެންޕީން ވަކިވެއްޖެ

އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަދި ހެޕީމާކެޓުގެ ސީއީއޯ އަލީ އިހުސާނު -- ސަންފޮޓޯ/ ފަޔާޒު މޫސާ

އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަދި ހެޕީމާކެޓުގެ ސީއީއޯ އަލީ އިހުސާނު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ން ވަކިވެވަޑައިގެންފިއެވެ.

އިހްސާން ވަނީ "ސަން"އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ. އިހްސާން ވިދާޅުވީ އެކަމާ ގުޅިގެން އިތުރު މައުލޫމާތެއް ހިއްސާކުރަން ބޭނުން ނުވާކަމަށެވެ.

އެމްއެންޑީއެފަށް 10 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު އިހުސާނު ވަޒީފައިން ވަކިވެވަޑައިގަތީ 2017 ވަނަ އަހަރުއެވެ.

އަދި ސިޔާސީ ދާއިރާއަށް ރަސްމީކޮށް ނުކުންނަވާ އެމްއެންޕީއާ އިހުސާނު ގުޅިވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.

comment ކޮމެންޓް