ޕީޖީ ޝަމީމް ވަކިކުރަން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ޙުސައިން ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.

އޭނާ ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމީ މިއަދުގެ 12:30 ކަންހާއިރު ބޭއްވުނު ޕީޖީގެ ބައްދަލުވުމުގައެވެ.

ޝަމީމް ވަކިކުރުމަށް ޕީޖީގައި ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.

ޝަމީމްގެ އިތުބާރުނެތްކަމުގެ މައްސަލަ ޕީޖީއަށް ހުށަހެޅީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް އެދުވަހުގެ ޖަލްސާގައި އެ މައްސަލައަށް ގޮތެއް ނުނިންމާ ވަކި މަސައްކަތެއްގެ ގޮތުގައި އެ މައްސަލަ އެޖެންޑާކުރިއެވެ.

ޝަމީމް ވަކިކުރަން ހުށަހެޅި މެމްބަރެއް އަދި ވަކި ކުރާ ސީދާ ސަބަބެއް ވެސް މިހާތަނަށް އެމްޑީޕީއަކުން ނުބުނެއެވެ.

comment ކޮމެންޓް