އަނުޝްކާއާއި ވިރާޓް ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގައި

އަނުޝްކާ ޝަރްމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ -- ފޮޓޯ/ އިންސްޓާގްރާމް

ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާއާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ޗުއްޓީ ހޭދަކުރުމަށްޓަކައި ރާއްޖެ އަތުވެއްޖެއެވެ. އައިޕީއެލްގެ ބްރޭކުގައި މި ކުރި މި ދަތުރުގައި އެ ދެމީހުންގެ ދަރިފުޅު ވަމިކާވެސް ބައިވެރިވެފައިވެއެވެ.

އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ ރާއްޖެ އައިސްފައިވަނީ މިދިޔަ ހަފުތާގައެވެ. އޭގެ ފަހުން އެ ދެ މީހުން ދަނީ ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ އެ ދެމަފިރިންގެ ފޮޓޯތައް އިންސްޓާގްރާމްގައި ޕޯސްޓް ކުރަމުންނެވެ.

https://www.instagram.com/p/CesavW_JVd7/

އަނުޝްކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކުރިއަށް އޮތް ފިލްމު "ޗަކްޑާ އެކްސްޕްރެސް" އިންނެވެ. އޭނާ މި ފިލްމަށް ތައްޔާރުވާން ފަށާފައިވާއިރު، ދާދި ފަހުން ވަނީ 'ޓޭބަލް ރީޑް' ވީޑިއޯއެއް ހިއްސާކޮށްފައެވެ. ނެޓްފްލިކްސްގައި ރިލީޒްކުރާ ބައޮޕިކްގެ ޝޫޓިން މި އެކްޓްރެސް މިހާރު ވެސް ވަނީ ފަށާފައެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ދެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

އެންމެފަހުން އަނުޝްކާ ފެނިފައިވަނީ ޝާހް ރުކް ޚާން އާއި ކެޓްރީނާ ކައިފް އާ އެކު "ޒީރޯ"އިންނެވެ. މި ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެއެވެ.

comment ކޮމެންޓް