އަނުޝްކާ އާ ވިރާޓްގެ ދަރިފުޅަށް ކީ ވަމިކާ

އަނުޝްކާ އާ ވިރާޓް ދެމަފިރިންގެ އަލަތު ދަރިފުޅު ވަމިކާ އާއެކު---

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އަދި އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ އަށް ލިބުނު ދަރިފުޅުގެ ނަން ހާމަކޮށްފިއެވެ.

ދެމަފިރިންގެ އަލަތު ދަރިފުޅަށް ނަމަކީ ވަމިކާ އެވެ. މިދިޔަ މަހުގެ 11 ވަނަ ދުވަހު އަނުޝްކާ ވިހޭއިރު ދަރިފުޅަށް ނަން ކީ ކަން އިއުލާންކުރަމުން އޭނާ ކުރި ޕޯސްޓުގައި ބުނީ އާ މެންބަރާއެކު މުޅި އާއިލާ ވެސް އުފަލުން ފޮޅިފައި ތިބި ކަމަށެވެ. އަނުޝްކާ އާ ވިރާޓަށް ދަރިއަކު ލިބެން އުޅޭކަން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

ގިނަ އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު، ވިރާޓް އާއި އަނުޝްކާ ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އަނުޝްކާ އެންމެ ފަހުން ފެނިގެންދިޔައީ 2018 ވަނަ އަހަރު ނިކުތް ފިލްމް ޒީރޯ އިން ޝާހްރުކްޚާން އާއެކު އެވެ.

ދެން އެންމެ އަވަހަށް ވިހާނީ ބަތަލާ ކަރީނާ ކަޕޫރެވެ. އޭނާ މި މަހު ތެރޭ ވިހާނެ ކަމަށް ފިރިމީހާ އެކްޓަރު ސައިފް އަލީ ޚާން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް