ކޮންޓެއިނަރަކުން މާބުލް ޝީޓް ހުސްކުރަން އުޅުމުގެ ތެރޭގައި ތާށިވެ، މީހަކު މަރުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތައް -- ސަން ފޮޓޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކޮންޓެއިނަރަކުން މާބުލް ޝީޓްތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ދެ މީހަކަށް އަނިޔާވެ، އެކަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ދެވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބުލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު ތާށިވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު 3:30ހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވީ ދެ ބިދޭސީ ފިރިހެނަކަށެވެ. އަދި އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ދެވަނަ މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ''ސަން''އަށް މައުލޫމާތު ދިން ގޮތުގައި މިއަދު 3:45 ހާއިރު ދެ ބިދޭސީއަކު ވަނީ އެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެމީހުންނަށް އެމަޖެންސީ ރޫމުގައި ދަނީ ފަރުވާދެމުންނެވެ.

އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް