ހުޅުމާލޭގެ އިމާރާތަކުން ވެއްޓުނު މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި ހުރި އިމާރާތެއްގެ ތިން ވަނަ ފަންގިފިލާއިން ވެއްޓުނު އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ވެއްޓުނު 22 އަހަރުގެ އަންހެން މީހާއަށް ފުރަތަމަ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ރޭ 21:30 ހާއިރު އޭނާ އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން "ސަން"އަށް މައުލޫމާތުދިނެވެ.

"ޕޭޝަންޓު ވަނީ ރޭގެ 21:30 ހާއިރު އައިޖީއެމްއެޗަށް އިތުރު ފަރުވާއަށް ޓްރާންސްފާ ކުރެވިފަ،" ހުޅުމާލޭ ހޮސްޕިޓަލުގެ އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މިހާރު އެމީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާއަށް ފަރުވާ ދެމުން އަންނަނީ ވޯޑުގައި ކަމަށެވެ.

"ޕޭޝަންޓުގެ ހާލު ރަނގަޅު. ފަރުވާ ދެނީ ވޯޑުގަ. ޕޭޝަންޓާ ބެހޭ މައުލޫމާތުގެ ތަފްސީލު ހާމަ ނުކުރެވޭ،" އޮފިޝަލް ވިދާޅުވިއެވެ.

ދާދި ފަހުން ވެސް ހުޅުމާލޭ ފްލެޓަކުން ކުޑަކުއްޖަކު ވެއްޓި އަނިޔާވެފައިވެއެވެ. އަދި ރިސޯޓެއްގެ އިމާރާތެއްގެ މަތިން ވެއްޓުނު ޒުވާނަކު މަރުވެފައިވެއެވެ.

comment ކޮމެންޓް