ކަނޑޫދޫ ކޮންމެ ގެއަކަށް އުރީދޫން "ކަނޑޫދޫ މިރުސް" ސޯސް ޕެކް ހަދިޔާކޮށްފި

ކަނޑޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ރީހާން އެރަށު ރައްޔިތަކަށް "ކަނޑޫދޫ މިރުސް" ސޯސްޕެކް ހަދިޔާކުރަނީ -- ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސް އިން ތ. ކަނޑޫދޫ ރައްޔިތުންނާ ގުޅިގެން މިދިޔަ ރޯދަމަހާ ދިމާކޮށް މާޗް 31 ވަނަ ދުވަހު ތައާރަފްކުރި "ކަނޑޫދޫ މިރުސް" ސޯސްޕެކް އެރަށު ރައްޔިތުންނަށް ހަދިޔާކޮށްފިއެވެ.

އެގޮތުން އުރީދޫންވަނީ ކަނޑޫދޫގެ ކޮންމެ ގެއަކަށް މީގެ ސޯސް ޕެކެއް ހަދިޔާކޮށްފައެވެ.

ކަނޑޫދޫ ރައްޔިތުންނަށް ހަދިޔާކުރި ކަނޑޫދޫ ސޯސް ޕެކް --- ފޮޓޯ/ އުރީދޫ

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ރީހާން ވިދާޅުވީ، އުރީދޫން އެރަށަށް ސޯސް ޕެކް ހަދިޔާކުރަން ނިންމީ އެ ބްރޭންޑަކީ ކަނޑޫދުއަށް ނިސްބަތްވާ ބްރޭންޑަކަށް ވެފައި އެރަށު ރައްޔިތުންނަށް ލިބެންޖެހޭ އެއްޗެއްކަމަށް ގަބޫލުކުރެވޭތީކަމަށެވެ.

"އަދި ހުރިހާ ގެއަކަށް ބަހައެއް ނުއެއް ނިމޭ. މިހާރު 100 ވަރަކަށް ގެއަށް ހަދިޔާ ކުރެވިއްޖެ އެކަމަކު އަދި 30 ވަރަކަށް ގެއިން އެބަހުރި ހަވާލުނުވެ،" އޭނާ ވިދާޅުވިއެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ރީހާން އެރަށު ރައްޔިތަކަށް "ކަނޑޫދޫ މިރުސް" ސޯސްޕެކް ހަދިޔާކުރަނީ -- ފޮޓޯ/ އުރީދޫ

ކަނޑޫދޫއަށް ސޯސް ޕެކް ހަދިޔާކުރުމާ ގުޅިގެން އުރީދޫން ކުރި ޓްވީޓެއްގައި ވަނީ އެއީ ރަމަޟާންމަހު ކަނޑޫދޫ މިރުސް ބްރޭންޑެއްގެ ގޮތުގައި ކުރިއެރުވުމަށް އުރީދޫން ކުރި މަސައްކަތަށް އެރަށުގެ ރައްޔިތުން ދިން އެއްބާރުލުން ފާހަގަކުރުމުގެ ގޮތުން ދިން ހަދިޔާއެއް ކަމަށެވެ. އަދި އެރަށު ރައްޔިތުންގެ ފަރާތުން އުރީދުއަށް ލިބުނު އެހީތެރިކަން ބަލައިގަންނަކަމަށް އެކުންފުނިން ބުންޏެވެ.

"ކަނޑޫދޫ މިރުސް" ބްރޭންޑް ގާއިމް ކޮށްފައިވަނީ ކަނޑޫދޫ ގެ ރައްޔިތުންނަށް އާ ފުރުސަތުތަކެއް ތަނަވަސްކޮށްދީ، އިޖުތިމާއީ އަދި އިގްތިޞާދީގޮތުން ކުރިއެރުވުމުގެ މަގްޞަދުގައެވެ.

ކަނޑޫދޫ މިރުސް ހޮޓް ސޯސް ގަންނަން ބޭނުންވާ މީހުންނަށް ކަަަނޑޫދޫ މިރުސް ވެބްސަަައިޓް އަަދި އުރީދޫ އީ ކޮމާސް ޕްްލެޓްފޯމް މޫލީ މެދުވެރިކޮށް ގަނެވޭނެއެވެ.

comment ކޮމެންޓް