ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ނިމިއްޖެ

ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާފައި -- ފޮޓޯ/ އެމްޓީސީސީ

ކ. ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

މި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް، 145 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރީ 18.35 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމާއި، 268 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާ، 46 މީޓަރުގެ ސަރަޙައްދެއްގެ ނެރު ބޭރު ތޮށިލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާފައި -- ފޮޓޯ/ އެމްޓީސީސީ

ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެެވެ. އެމްއެންޑީއެފްގެ ފަރާތުން ސޮއި ކުރެއްވީ ސާވިސް ކޯގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީޤެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި ބިން ހިއްކުމާ އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.

އެގޮތުން 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ، ރާއްޖޭގެ އުމްރާނީ ތަރައްޤީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި ކުންފުނިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

comment ކޮމެންޓް