'އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި' ހުޅުވައިފި

'އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި' ރިސޯޓް--- ފޮޓޯ/ ކަލާސް އޮފް އޮބްލޫ

'ކަލާސް އޮފް އޮބްލޫ' ބްރޭންޑްގެ ދަށުން ތަރައްގީކޮށްފައިވާ ދެވަނަ ރިސޯޓް، 'އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި' ހުޅުވައިފިއެވެ.

މާލެ އަތޮޅުގައި ހުޅުވާފައިވާ މި ރިސޯޓަކީ ހަތަރު ތަރީގެ ރިސޯޓެކެވެ. އެ ރިސޯޓުގައި ހަތަރު ކެޓަގަރީއެއްގެ 268 ވިލާ ހުރެއެވެ.

ލޯންޗެއްގައި މާލެއިން އެ ރިސޯޓަށް ދާން ނަގާނީ 15 މިނެޓެވެ.

އާއިލާފުށި ރިސޯޓްގެ ވެބްސައިޓުގައިވާ ގޮތުން އެއީ ސްމާޓް ޚިދުމަތްތަކެއް ދޭ ރިސޯޓެކެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކަށް ޚާއްޞަ ކެއުން ލިބޭ ރެސްޓޯރެންޓުތަކެއް ވެސް އެ ރިސޯޓުގައި ހުންނާނެއެވެ.

މީގެ އިތުރުން އެއީ އާއިލާ އެއްކޮށް ނުވަތަ ދެމަފިރިން ނުވަތަ ރަހުމަތްތެރިން އެއްކޮށް ދިޔުމަށް އެކަށޭނެ ރިސޯޓެއް ކަން ފާހަގަ ކޮށް އެ ރިސޯޓުން ބުނެފައި ވަނީ ރިސޯޓުގައި 15 މީޓަރުގެ ތިއޭޓަރަކާއި މުނިފޫހިފިލުވުމުގެ މަރުކަޒެއް ވެސް ގާއިމް ކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް