ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ

ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

މިކަމަށްޓަކައި ހިރިލަންދޫގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއެެވެ.

ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެ މަޝްރޫއުތަކުގެ ދަށުން، ބިން ހިއްކުމަށްފަހު ރިވެޓްމަންޓް ޖެހުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރަން ވަނީ ނިންމައިފައެވެ.

ހިރިލަންދޫއިން 20 ހެކްޓަރު ހިއްކަން ހަވާލުކޮށްފައިވަނީ 105.2 މިލިއަން ރުފިޔާއަށެވެެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 285 ދުވަހުން ނިންމާ ގޮތަށެވެ.

ހިރިލަންދޫއަކީ 29 ހެކްޓަރުގެ ބިމެއް އޮންނަ، 1200 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ.

މި އަހަރުގެ ބަޖެޓްގައި ހިރިލަންދޫގެ 14 ޕްރޮޖެކްޓެއް ވަނީ ހިމަނާފައެވެ.

comment ކޮމެންޓް