ލަކުޑި ބަރުކޮށްގެން އައި ބޯޓެއް ސަފާރީއެއްގައި ޖެހި އަޑިއަށް

ޓިމްބާ ހައުސްގެ "ހުވަނދުމާ 2" ދޯނި ޓީޖެޓީ ސަރަހައްދަށް އަޑިއަށް ގޮސްފައި --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

މާލޭ ހުޅަނގުފަރާތު ބޭރުން ލަކުޑި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ޓިމްބާ ހައުސްގެ "ހުވަނދުމާ 2" ދޯނި ސަފާރީއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާގައި އެ ދޯނި ފަޅައިގެން ގޮސް ދިޔަވާތީ، ޕަންޕު ބޭނުންކޮށްގެން ދިޔަ ހިއްކުމުގެ މަސައްކަތް ކުރި ކަމަށް ކޯސްޓުގާޑުން ބުންޏެވެ.

ޓިމްބާ ހައުސްގެ "ހުވަނދުމާ 2" ދޯނި ޓީޖެޓީ ސަރަހައްދަށް އަޑިއަށް ގޮސްފައި --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

އެ ދޯނި ޓީޖެޓީ ސަރަހައްދަށް ވަން ފަހުން އަޑިއަށް ގޮސްފައިވާ ކަމަށާއި، ކެރޭނު ބޭނުންކޮށްގެން ދޯނި ފެންމަތިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ދޯނި އަޑިއަށް ދިޔައިރު ދޯނީގައި ހުރި ގިނަ އަދަދެއްގެ ލަކުޑި ޓީޖެޓީ ސަރަހައްދުގެ ފަޅުތެރެއަށް ވަނީ އެޅިފައެވެ. އެ ލަކުޑިތައް އެއްގަމަށް ނެގުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް