ސައިރެންގައި ދުއްވާފައި ދިޔަ އެމްބިއުލާންސެއް އެކްސިޑެންޓު ވެއްޖެ

އެމްބިއުލާންސާއި ސައިކަލުތައް ޖެހި އެކްސިޑެންޓުވެފައި-- ފޮޓޯ/ ސޯޝަލް މީޑިއާ

އޯކިޑުމަގުން ސައިރިންގައި ދުއްވާފައި ދިޔަ އެމްބިއުލާންސެއް އެކްސިޑެންޓު ވެއްޖެއެވެ.

ފުލުހުން ބުނީ އޯކިޑުމަގުން ސައިރިންގައި ދުއްވާފައިދިޔަ އެމްބިއުލާންސެއް އެ މަގުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:55 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓްގައި އެ މަގުގައި ޕާކު ކޮށްފައި ހުރި ބައެއް ސައިކަލުތަކަށާއި އެމްބިއުލާންސަށް ގެއްލުންވި ނަަމަވެސް އެ އެކްސިޑެންޓުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް ފުލުހުން ބުންޏެވެ.

އެމްބިއުލާންސާއި ސައިކަލުތައް ޖެހި އެކްސިޑެންޓުވެފައި-- ފޮޓޯ/ ސޯޝަލް މީޑިއާ

ފުލުހުން އަންނަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

comment ކޮމެންޓް