ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހި، އެކަކަށް ބޮޑެތި އަނިޔާތަކެއް

ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓް: އެ ހާދިސާގެ ވީޑިއޯއިން މީހަކު ސްޓްރެޗާއަކަށް އަރުވައިގެން ގެންދާ މަންޒަރު ފެނޭ -- ވީޑިއޯ: އެމްވީކްރައިސިސް

މާލޭގެ ބޮޑުތަކުރުފާނު މަގުގައި މިއަދު ދެ ސައިކަލު އެކްސިޑެންޓުވެ، އެކަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން "ސަން"އަށް ބުނީ އެ ހާދިސާ ހިނގީ ވިލާ ކޮލެޖު ކައިރީ ކަމަށާއި އެކްސިޑެންޓުގެ ރިޕޯޓް ލިބުނީ 17:53 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެ މީހާއަށް ބޮޑެތި އަނިޔާތައް ވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވަމުން އަންނައިރު، އެފަދަ ހާދިސާތަކުގައި ސީރިއަސް އަނިޔާތައް ލިބި، ފުރާނައަށް ނުރައްކާވުން ވެސް ވަނީ އިތުރުވެފައެވެ.

https://sun.mv/190856

މިމަހުގެ ފަހެއްގައި ހުޅުމާލޭގައި ދެ ސައިކަލު އެކްސިޑެންޓުވުމުން ސީރިއަސް އަނިޔާތަކެއްވި ޒުވާނަކު ރޭ ވަނީ ނިޔާވެފައެވެ.

comment ކޮމެންޓް