ތެޔޮ ވިއްކައިގެން އެސްޓީއޯއަށް ލިބުނު އާމްދަނީ 63 އިންސައްތަ މައްޗަށް

އެފްއެސްއެމްގެ ޝެޑަކުން ޕެޓްރޯލް އަޅައިދެނީ --- ސަން ފޮޓޯ

މިދިޔަ އަހަރު ތެލުގެ ވިޔަފާރިން އެސްޓީއޯއަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 63 އިންސައްތަ އިތުރުވެއްޖެއެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާގޮތުން، ތެލުގެ ވިޔަފާރިން އެ ކުންފުންޏަށް މިދިޔަ އަހަރު 6.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ކުރީ އަހަރު އެ ވިޔަފާރިން ލިބިފައިވަނީ 3.9 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

އެސްޓީއޯ ގުރޫޕުގެ ޖުމްލަ އާމްދަނީގެ 57 އިންސައްތަ ހިއްސާ ކުރަނީ ތެލުގެ ވިޔަފާރިއެވެ. މިދިޔަ އަހަރު އެސްޓީއޯއިން ތެޔޮ ވިއްކި އަދަދު ވަނީ 27 އިންސައްތަ އިތުރުވެފައެވެ.

ތެލުގެ ވިޔަފާރި ރަނގަޅުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެސްޓީއޯއިން ފާހަގަކުރަނީ ތެލުގެ އަގު މަތިވުމާއި، ކޮވިޑަށް ފަހު ގައުމު އަލުން ހިނގައިގަތުމާ އެކު، ތެޔޮ ގަންނަ މިންވަަރު އިތުރުވުމެވެ.

comment ކޮމެންޓް