އެސްޓީއޯ ސަން ބަދިގެ: މަސްކުރޮޅި

ސަން ބަދިގެ ޕްރޮގްރާމްގައި މިފަހަރު މި ގެނެސްދެނީ މަސްކުރޮޅި ތައްޔާރު ކުރާނެ ގޮތެވެ. ރޮއްޓާ ޖަހައިގެން ކާލަން މަސްކުރޮޅިއަކީ ވަރަށް މީރު ކެއުމެކެވެ.


ބޭނުންވާނެ ތަކެތި:

  • 2 ހިކިމަސްގަނޑު
  • 1 ކާށި
  • 1 ފިޔާ
  • 5 ބިލިމަގު
  • މިރުހެއް
  • 1 ސައިސަމުސާ ދިރި
  • 1 ސައިސަމުސާ އަސޭމިރުސް
  • 1 ލޮނުމެދު
  • ހިކަނދިފަތް
  • ރަހަލާވަރަށް ލޮނު


ތައްޔާރުކުރާނެ ގޮތް:

މަސްކުރޮޅި ތައްޔާރު ކުރުމަށްޓަކައި، އެންމެ ފުރަތަމަ، މަހާއި ކާށިކޮޅު ވަނަށް އަޅާނީއެވެ. އަދި ދެބައި ރަނގަޅަށް ވަނުން ތަޅާލާނީއެވެ.

އެއަށްފަހު ބާކީ ހުރި ތަކެތި އެއްކޮށް އަޅާނީއެވެ. އެގޮތުން، ފިޔާ، ބިލިމަގު، އަސޭމިރުސް، ދިރި، މިރުސް، ހިކަނދިފަތް އަދި އަޅައި، ރަނގަޅަށް ތަޅާލާނީއެވެ.

އެންމެ ފަހުން ލޮނުމެދު ލައި، ޗިސްކޮށްލާނީއެވެ.

މިހާރު ހުންނާނީ މަސްކުރޮޅި ތައްޔާރުކޮށް ނިމިފައެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: މަރިޔަމް އަލީ

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.

comment ކޮމެންޓް