ރޮނާލްޑޯއަށް އިތުރު ރެކޯޑެއް

މިއަދުގެ މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ލަނޑާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ރެކޯޑެއް ހަދައިފިއެވެ.

އިއްޔެ ކާމިޔާބު ކުރި ލަނޑަކީ ރޮނާލްޑޯ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. އަދި އޭނާ ވަނީ ސްޕެނިޝް ލަލީގާގައި ވެސް 100 ލަނޑު ޖަހާފައެވެ. އެހެންކަމުން، އޭނާ ވެފައިވަނީ ޕްރިމިއާ ލީގާއި ލަލީގާގައި 100 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ރޮނާލްޑޯ ވަނީ ލަލީގާގައި ރެއާލަށް 292 މެޗު ކުޅެދީ، އެ ޓީމާއެކު 311 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ މި ފަހުން ޔުނައިޓެޑަށް ބަދަލުވެ 16 ޕްރިމިއާ ލީގުގައި 16 ލަނޑު ޖަހާފައެވެ. މީގެ ކުރިން ވެސް ރޮނާލްޑޯ ޔުނައިޓެޑަށް ކުޅެފައިވާއިރު، އޭރު އޭނާ ވަނީ ޕްރިމިއާ ލީގުގައި އެ ޓީމާއެކު 84 ލަނޑު ޖަހާފައެވެ.

މީގެ އިތުރުން ރޮނާލްޑޯއަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އަދި އޭނާ އަކީ ޗެމްޕިއަންސް ލީގުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

ރޮނާލްޑޯ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލެންޑިއޯ އެވޯޑު ފަސް ފަހަރު ހޯދާފައެވެ. މި އެވޯޑު އެންމެ ގިނައިން ހޯދާފައިވަނީ އާޖެންޓީނާގެ ލިއޮނެލް މެސީއެވެ. އޭނާ ވަނީ މި އެވޯޑު ހަތް ފަހަރު ހޯދާފައެވެ.

މީގެ އިތުރުން ރޮނާލްޑޯ ވަނީ ޔޫރަޕުގެ ރަން ބޫޓު ހަތަރު ފަހަރު ހޯދާފައެވެ. ހަ ފަހަރު މި ބޫޓު ހޯދައިގެން ކުރީގައި އޮތީ މެސީއެވެ.

comment ކޮމެންޓް