އެސްޓީއޯ ސަން ބަދިގެ: ޕްރޮޓީން ޝޭކް

ސަން ބަދިގެ ޕްރޮގްރާމްގައި ރަމަޟާން މަހުގެ 19 ވަނަ ދުވަހު މި ގެނެސްދެނީ ޕްރޮޓީން ޝޭކް ތައްޔާރު ކުރާނެ ގޮތެވެ. ހާރުދަން ގަޑީގައި ބޯލަން ޕްރޮޓީން ޝޭކް ވަރަށް ރަނގަޅުވާނެއެވެ. ޚާއްޞަކޮށް ޑައިޓް ކުރާ މީހުން ބުއިމަށް މިއީ ވަރަށް ރަނގަޅު ބުއިމެކެވެ.


ބޭނުންވާނެ ތަކެތި:

  • 10 ގްރާމް އަލްމަންޑް
  • 10 ގްރާމް ކެޝޫނަޓް
  • 10 ގްރާމް ޕީނަޓް
  • 10 ގްރާމް ކަނަމަދު
  • 10 ގްރާމް ޕިސްޓާޝިއޯ
  • ބައި ސައިސަމުސާ ފްލެކްސް ސީޑް
  • ބައި ޖޯޑު ފުލް ކްރީމް މިލްކް
  • އޯޓްސް (ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި)
  • 5 ކަދުރު


ތައްޔާރުކުރާނެ ގޮތް:

ޕްރޮޓީން ޝޭކް ތައްޔާރު ކުރުމަށްޓަކައި، އެންމެ ފުރަތަމަ، ނަޓްތައް ތަވާމަތީގައި ހަނާކޮށްލާނީއެވެ.

އެއަށްފަހު ސީޑްކޮޅު ވަކިން ތަވާ މަތީގައި ހަނާ ކޮށްލާނީއެވެ.

އެންމެ ފަހުން، ހުރިހާ އެއްޗެއް އެއްކޮށް މިކްސްޗަރަށް އަޅައި، ރަނގަޅަށް އެއްކޮށްލާނީއެވެ. އެއީ ކިރާއި، ނަޓްސްކޮޅާއި ސީޑްކޮޅު އަދި ކަދުރުކޮޅެވެ.

ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ވުމުން، ތައްޓަކަށް ޕްރޮޓީން ޝޭކް އަޅައި، މައްޗަށް ނަޓް ކޮޅެއް އަޅާލާނީއެވެ.

މިހާރު ހުންނާނީ ޕްރޮޓީން ޝޭކް ތައްޔާރުވެފައެވެ.


ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: އައިމިނަތު ނަޝީދާ

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.

comment ކޮމެންޓް