ވަގުތު ނެތުމުގެ ސަބަބުން، ސިޓީ ކައުންސިލްގެ ނައިޓްމާކެޓް ނުބާއްވަން ނިންމައިފި

"ސިޓީ ނައިޓް މާކެޓް" ގެ ތެރެއިން - ސަން ފޮޓޯ/މުހައްމަދު ހައްޔާން

ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން މާލެ ސިޓީ ކައުންސިލުން ބާއްވަން ހަމަޖެއްސި "ސިޓީ ނައިޓް މާކެޓް"، ވަގުތު ނެތުމުގެ ސަބަބުން ނުބާއްވަން މިއަދު ނިންމައިފިއެވެ.

ދިހަ ދުވަހަށް ދެމިގެންދާގޮތަށް ބޭއްވުމަށް ކުރިން ނިންމި އެ ނައިޓްމާކެޓުގެ ބޭނުމަކީ، ރޯދައަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި އާއްމުންނަށް ހޯދައިދިނުން ކަމަށް މާލެ ސިޓީ ކައުންސިލުން މީގެކުރިން ބުންޏެވެ.

މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމަކީވެސް އެ ނައިޓްމާކެޓް ބާއްވަން ބޭނުންވި މަގުސަދެއް ކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.

ނައިޓް މާކެޓް ނުބާއްވަން ނިންމާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ ސިޓީ ނައިޓް މާކެޓްގެ ކޯ-އޯގަނައިޒަރ އަކަށް، ފިއުޗަރ ޕްރައިވެޓް ލިމިޓެޑް އޮތީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް