ހޭންޑް ޖަމްޢިއްޔާއިން އިސްނަގައިގެން ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހުޅުމާލެ އެސޯސިއޭޝަން ފޯ ނެއިބަހުޑް ޑިވެލޮޕްމަންޓުން ބޭއްވި ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމުގައި ޖުމުލަ 13.5 ޓަނުގެ ކުނި ނަގާފައިވޭ

ހުޅުމާލެ އެސޯސިއޭޝަން ފޯ ނެއިބަހުޑް ޑިވެލޮޕްމަންޓް (ހޭންޑް) ޖަމްޢިއްޔާއިން އިސްނަގައިގެން ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަސްގެންގޮސްފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން އެ ޖަމިއްޔާގެ ފައުންޑާ އަދި ނައިބު ރައީސް ފާތިމަތު ނަސްރާ ވިދާޅުވީ "ސާފުވެށި"ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ސާފުކޮށްފައިވަނީ ހުޅުމާލެ ނެއިބަހުޑް އޭރިޔާއަށް ޖަމާކޮށްފައިވާ ކުނިތަކާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދަށް ޖަމާކޮށްފައިވާ ކުނިތައްކަމަށެވެ.

ހުޅުމާލެ އެސޯސިއޭޝަން ފޯ ނެއިބަހުޑް ޑިވެލޮޕްމަންޓުން ބޭއްވި ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމުގައި ޖުމުލަ 13.5 ޓަނުގެ ކުނި ނަގާފައިވޭ

އެގޮތުން އެ ޖަމިއްޔާގެ 50ވަރަކަށް މެމްބަރުން އެކި ސަރަހައްދަށް ބަހާލައިގެން ގާތްގަނޑަކަށް މުޅި ޖުމުލަ 13.5 ޓަނުގެ ކުނި ނަގާފައިވެއެވެ.

ހުޅުމާލެ އެސޯސިއޭޝަން ފޯ ނެއިބަހުޑް ޑިވެލޮޕްމަންޓުން ބޭއްވި ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމުގައި ޖުމުލަ 13.5 ޓަނުގެ ކުނި ނަގާފައިވޭ

"ހަމަ ހޭންޑް ޖަމްޢިއްޔާއިން އިސްނަގައިގެން ހޭންޑް ޖަމްޢިއްޔާގެ މެމްބަރުން މި އެކްޓިވިޓީ ކުރިއަށް ގެންދިޔައީ،" ނަސްރާ ވިދާޅުވިއެވެ.

ދާދި ފަހުން އުފެއްދި ހޭންޑް ޖަމްޢިއްޔާއިން ވަނީ ހުޅުމާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް "ރަށްވެހި މާހެފުން"ގެ ނަމުގައި މާހެފުމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

"ޖަމްޢިއްޔާ ތަޢާރަފް ވުމަށް ބޭއްވި މާހެފުމަށް 600 ވަރު ބޭފުޅުން ބައިވެރިވި ހުރިހާ އުމުރުފުރާ އަކުން،" ނަސްރާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށް ވެސް ހޭންޑް ޖަމްޢިއްޔާއިން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން ޤުރުއާން މުބާރާތަކާއި ދީނީ ދަރުހެއް ރަމަޟާންމަހަށް ޚާއްސަކޮށް ބާއްވަން ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ އެސޯސިއޭޝަން ފޯ ނެއިބަހުޑް ޑިވެލޮޕްމަންޓުން ބޭއްވި ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމުގައި ޖުމުލަ 13.5 ޓަނުގެ ކުނި ނަގާފައިވޭ

"މިވަގުތު އަދި ކުރިއަށް މި ދަނީ ސްޕޮންސާ ހޯދުމުގެ މަސައްކަތް،" އޭނާ ވިދާޅުވިއެވެ.

ހޭންޑް ޖަމްޢިއްޔާއަކީ ހުޅުމާލޭ ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙްއާލާކޮށް، އުމްރާނީ ފާގަތިކަމާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްދޭ ޖަމްޢިއްޔާއެކެވެ. އަދި ފަރުދީގުޅުންބަދަހިކޮށް، ގޯތިގެދޮރާއި ނެއިބަހުޑްތަކާއި ފުލެޓުތަކަށްދިމާވާ މައްސަލަތައް ހައްލުކުރުމުގައި ކަމާގުޅޭ އިދާރާތަކާގުޅިގެން އެހީތެރިވެދީ، ރައްޔިތުންނަށް ތަފާތުގޮތްގޮތުން ކުރިއެރުމާއި ތަރައްޤީ ހޯދައިދިނުމަށް މަސައްކަތްކުރުމަށްޓަކައި އެ ޖަމިއްޔާއިން މަސައްކަތް ކޮށްދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް