ސަލްމާން ޚާން ޗިރަންޖީވީގެ ގޯޑްފާދާގެ ޝޫޓިން ނިންމާލައިފި

ގޯޑްފާދާ ފިލްމުގައި ސަލްމާން ޚާން ފެންނާނީ ވަރަށް ކުޑަ ރޯލަކުން -- ފޮޓޯ/ މޯހަން ރާޖާ

ތެލުގޫ ސިނަމާގެ ސުޕަސްޓާ ޗިރަންޖީވީ ލީޑް ރޯލުން ފެނިގެންދާ ގޯޑްފާދާ ފިލްމުގައި ސަލްމާން ޚާން ކުޅޭ ރޯލުގެ ޝޫޓިން އޭނާ ނިންމާލައިފިއެވެ.

ގޯޑްފާދާއަކީ މަލަޔާލަމް ބުލޮކް ބަސްޓާ ފިލްމެއްގެ ރީމޭކެކެވެ. އަދި މިފިލްމުގައި ސަލްމާން ޚާން ފެންނާނީ ވަރަށް ކުޑަ ރޯލަކުންނެވެ.

އެ ފިލްމުގެ ޑައިރެކްޓަރު މޯހަން ރާޖާ ވަނީ ސަލްމާން ޚާންއާ އެއްކޮށް މަސައްކަތް ކޮށްލުމުގެ ފުރުޞަތު ދިނުމުން އެކަމަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ޓޮލީވުޑްގެ ސުޕަސްޓާ ޗިރަންޖީވީއަށް ވެސް މިކަން މަގުފަހިކޮށްދިނީތީ އޭނާ ޝުކުރު އަދާކުރިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ގިނަ ބަޔެއްގެ މެދުގައި މަޝްހޫރުވި މަލަޔާލަމް ފިލްމުގައި ލީޑް ރޯލް އަދާކުރީ މޯހަން ލާލްއެވެ.

ސަލްމާން ޚާން މި ފިލްމުގެ ރީމޭކްގައި އަދާކުރާ ރޯލަށް ޕްރޮޑިއުސަރުންގެ ފަރާތުން ފީ އެއްވެސް ނަގަން ބޭނުން ނުވި ކަމަށް އެ ދާއިރާގެ ބައެއް މީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް